ކޮރަޕްޝަން ނައްތާލުމަށް ރައީސް ޞާލިޙަށް ކުރެއްވޭނެ އެންމެ މުހިންމު މަސައްކަތަކީ ވެވަޑައިގެންނެވި ވައުދު ފުއްދެވުން- އަބްދުﷲ ރިޔާޛް

ކިޔުމަށް ހޭދަވާނީ 1މ 18ސ
ކޮރަޕްޝަން ނައްތާލުމަށް ރައީސް ޞާލިޙަށް ކުރެއްވޭނެ އެންމެ މުހިންމު މަސައްކަތަކީ ވެވަޑައިގެންނެވި ވައުދު ފުއްދެވުން- އަބްދުﷲ ރިޔާޛް

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ކުރެއްވޭނެ އެންމެ މުހިންމު މަސައްކަތަކީ، ކޮރަޕްޝަންތައް ބައްލަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރ އަބްދުﷲ ރިޔާޛް މިއަދު ވިދާޅުވެއްޖެއެވެ.

 

ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޛް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ކޮށްފައިވާ ކޮރަޕްޝަންތައް ބައްލަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަކީ ކޮރަޕްޝަން ނައްތާލުމަށް ރައީސް ޞާލިޙްގެ ސަރުކާރަށް ކުރެއްވޭނެ އެންމެ މުޙިންމު މަސައްކަތް ކަމަށެވެ.

 

އެމްޕީ ރިޔާޒު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ނެރުއްވި ހިތާބާއި ގުޅިގެންނެވެ.

 

އެހިތާބުގައި ރައީސް ޞާލިޙު ވިދާޅުވެފައިވަނީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު ޖަވާބުދާރީ ކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުން ކަމަށެވެ.

 

މިއަދު އޮންލައިން