އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރްސީ ޚިޔާނާތު މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ހައްޔަރު ކުރުމަށް އަބްދުﷲ ރިޔާޛް ގޮވާލައްވައިފި

އެމްއެމްޕީއާރްސީ ޚިޔާނާތު މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ހައްޔަރު ކުރުމަށް އަބްދުﷲ ރިޔާޛް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

އެމްއެމްޕީއާރްސީ ޚިޔާނާތު މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޛް ގޮވާލައްވައިފިއެވެ.

 

އެމްޕީ ރިޔާޛް މިހެން ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގެ ތެރެއިން ދޫކުރި ހުރިހާ ތަންތަނެއްގެ ލީސް އެގްރީމަންޓްތައް ފައިނަލް ކުރެއްވީ ސީދާ ރައީސް ޔާމީނު ކަމަށް، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

 

މިކަމާއި ގުޅޭގޮތުން ރިޔާޛް ވިދާޅުވީ، އެމްއެމްޕީއާރްސީ ޚިޔާނާތު މައްސަލައިގައި ރައީސް ޔާމީން ބައިވެރިވެފައިވާކަމީ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭނެ ކަމެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވާ ހެކި ނައްތާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވޭނީ ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގު ކުރެވިގެން ކަމަށް ދެކިލައްވާ ކަމަށެވެ.

 

ޒިޔަތުގެ ފަރާތުން އޭނާގެ އަންހެނުން އައިމިނަތު ޝިއުނާ މިއަދު ޓްވިޓާގައި ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓުތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމަށް ކުރި ހުރިހާ މުއާމަލާތެއްގެ ފުރިހަމަ މައުލޫމާތު ރައީސް ޔާމީނަށް އެނގިލައްވާނެ ކަމަށެވެ.

 

"ކުރީގެ ރައީސް ޔާމީނުގެ އެންގެވުމުގެ މަތީން ހިންގި މުއާމަލާތްތަކުގެ ތަފްސީލުތައް އަޅުގަނޑާއި އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެންދިޔައީ ކުރީގެ ރައީސް ޔާމީނަށް ބަރާބަރަށް އަރުވަމުންނެވެ. އަދި ކޮންމެ ރަށެއް ނުވަތަ ފަޅެއްގެ ލީސް އެގްރީމަންޓް ފައިނަލް ކުރައްވަނީ ވެސް ސީދާ ކުރީގެ ރައީސް ޔާމީނެވެ،" ޒިޔަތުގެ ބަޔާނުގައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ