އީއައިއޭ ރިޕޯޓް ދޫކުރުން ޓޫރިޒަމް މިނިސްޓްރީ އާ ހަވާލުކުރީ ނާޖާއިޒު ގޮތުގައި ގިނަ ފައިސާ ލިބޭ ހުރިހާ ކަމެއް އެއް ތަނަކަށް ޖަމާކުރަން: ނާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އީއައިއޭ ރިޕޯޓް ދޫކުރުން ޓޫރިޒަމް މިނިސްޓްރީ އާ ހަވާލުކުރީ ނާޖާއިޒު ގޮތުގައި ގިނަ ފައިސާ ލިބޭ ހުރިހާ ކަމެއް އެއް ތަނަކަށް ޖަމާކުރަން: ނާޒިމް

އީއައިއޭ ރިޕޯޓް ދޫކުރުން ޓޫރިޒަމް މިނިސްޓްރީ އާ ހަވާލުކުރީ ނާޖާއިޒު ގޮތުގައި ގިނަ ފައިސާ ލިބޭ ހުރިހާ ކަމެއް އެއް ތަނަކަށް ޖަމާކުރަން ރައީސް ޔާމީނުގެ ސަރުކާރުގެ އެޅި ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

 

މަޖިލީހުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން މިއަދު ވިދާޅުވީ ޓޫރިޒަމްގެ މަސައްކަތަށް ދޫކުރާ ރަށްތަކުގެ ކަންކަމުގައި އީއައިއޭ ހަދައިދޭ ތަނަކީވެސް ޓޫރިޒަމް މިނިސްޓްރީ ކަމަށް އޮތުމުން މަޞްލަހަތު ފުށޫ އަރާ ކަމަށާއި ޓޫރިޒަމްގެ ކަންކަމަށް ވެސް އީއައިއޭ ހަދަން ޖެހޭނީ އީޕީއޭ އިން ކަމަށެވެ.

 

އީއައިއޭ ރިޕޯޓް ދޫކުރުން ޓޫރިޒަމް މިނިސްޓްރީ އާއި ހަވާލުކުރުމުން އެއިރުވެސް ގިނަ ބައަކު ވަނީ އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ. ކޮންމެ މަޝްރޫޢެއް ހިންގި ނަމަވެސް ހިންގަން ޖެހޭނީ އެކަމަށް ހަދަން ޖެހޭ އީއައިއޭ ރިޕޯޓް ހަދައިގެން ކަމަށާއި އެކަން ކުރަންޖެހޭނީ އީޕީއޭ އިން ކަމަށް ބުނެ ގިނަ ބައަކު ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

 

މާލެ ކައިރީގައި އޮތް ރާއްޖޭގެ އެންމެ ބޮޑު އެއް ފަޅު، އެނބޫދޫ ފަޅު ތަރައްޤީ ކުރަމުން އަންނަނީ އީއައިއޭ ރިޕޯޓް ރަނގަޅަށް ހަދައިގެން ނޫން ކަމަށްވެސް ގިނަ ބައަކު އަންނަނީ ބުނަމުންނެވެ.

މިއަދު އޮންލައިން