ޖަލުގަ 8 މަސް ހޭދަކުރެއްވިއިރު ރައްކާތެރި ކޮށްދިނީ ކޮން އިންސާނީ ހައްޤެއް؟: ރައީސް މައުމޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖަލުގަ 8 މަސް ހޭދަކުރެއްވިއިރު ރައްކާތެރި ކޮށްދިނީ ކޮން އިންސާނީ ހައްޤެއް؟: ރައީސް މައުމޫން

ރައީސް ޔާމިނުގެ ވެރިކަމުގައި ޤާނޫނާއި ޚިލާފަށް ކުރި ޖަލު ބަންދުގައި 8 މަސް ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއިރު އެތައް ފަހަރެއްގެމަތިން އެމަނިކުފާނުގެ އިންސާނީ ހައްޤުތައް ނިގުޅައިގެންފައިވާ ކަމަށާއި އެކަންކަން ރަނގަޅުކުރަން ހިޔުމަން ރައިޓްސް ކޮމިޝަނުން އެޅީ ކޮން ފިޔަވަޅެއް ކަމާއިމެދު ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

 

ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކިބައިން ނިގުޅައިގަތް އެއްވެސް ހައްޤެއް އަނބުރާ ހޯދަ ދޭން އެއްވެސް ކަމެއް އެޗްއާރުސީއެމުން ކުރިކަން އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނާއި އެޗްއާރުސީއެމުން ބަދަލުކުރުމުން އެކަންކަމުގެ މައުލޫމާތު ފޯރުކޮށްދެއްވާފައިވާނެ ކަމަށެވެ.

 

ރައީސް މައުމޫން ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދުވަސް އައުމުން ހަމަ އެކަނި އެދުވަސް ފާހަގަކޮށް ޙައްޤުތަކުގެ ވާހަކަތައް ދެއްކުމަކުން ނުފުދޭނެ ކަމަށެވެ. ހޭލުންތެރިކުރުވުމުގެ ވާހަކަތައް ދެއްކުމުގެ އިތުރުން ނިގުޅައި ގެނެވޭ ޙައްޤުތައް ހޯދައިދޭންވެސް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށެވެ.

 

 

މިއަދު އޮންލައިން