"ސޭވިންގ އެކައުންޓަކީ ރިބާ އެކައުންޓެއް! މީގަ ލާރި ބަހައްޓައިގެން ލިބޭ އިތުރު ފައިސާ ޙަރާމްވާނެ! އަމިއްލަ ފަރުދީ ވާޖިބު، އަމިއްލަ ޒިންމާ އަދާކުރައްވާ! އަވަހަށް ރިބާ ހިމެނޭ ސޭވިންގ އެކައުންޓް ބަދަލުކުރައްވާ! ޒަރޫރީ ނަމަ ކަރަންޓް އެކައުންޓް ގެންގުޅުއްވާ! ރިބާގެ އެންމެ ރުފިޔާއެއްވެސް ޙަލާލެއް ނުވާނެ!" މިއީ ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ.
ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅުން އެނގެނީ އިސްލާމީ އުޞުލުން ހިންގާ ބޭންކްތައް ފިޔަވައި އެހެން ބޭންކްތަކުގައި ސޭވިންގ އެކައުންޓް ހުޅުވައި އެކައުންޓްގައި ފައިސާ ބެހެއްޓުމުން ލިބޭ އިންޓަރެސްޓަކި ރިބާ ކަމާއި އެ ފައިސާ ޙަރާމްވާނެ ކަމެވެ. އަދި ކޮންމެހެން ކޮމަރޝަލް ބޭންކެއްގައި ފައިސާ ބަހައްތަން ޖެހިގެން ފައިސާ ބެހެއްޓި ނަމަވެސް ބަހައްޓަން ޖެހޭނީ އިންޓަރެސްޓް، އަދަދު ކަނޑައެޅިގެން ފައިދާ ނުލިބޭ ގޮތަށް ކަރަންޓް އެކައުންޓުގައި ކަމެވެ.
ރާއްޖޭގައި އަދި ހުރީ އިސްލާމީ އުޞޫލުން ހިންގާ 2 ބޭންކެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބީއެމްއެލް އިސްލާމިކް އެވެ. އެ ދެބޭންކް ނޫން ހުރިހާ ބޭންކްތަކަކީވެސް ކޮމަރޝަލް ބޭންކްތަކެވެ.