އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯލިޝަން އިހްލާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު: އަބްދުﷲ ރިޔާޒު

ކޯލިޝަން އިހްލާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު: އަބްދުﷲ ރިޔާޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ކުރިއަށް އޮތް، ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް، ކޯލިޝަންގެ މެމްބަރުން އިލްހާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު ކަމަށް ޖޮއިންޓް ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. ރިޔާޒު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލެއްވީ 280 ކެންޑިޑޭޓުން ކަމަށް ބުނާ ހަބަރެއް ޓްވީޓުކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކުރި މަސައްކަތުން ކާމިޔާބު ލިބުނު ކަމަށާއި މަޖިލިސް އިންތިހާބު ކޯލިޝަން ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން އެކުގައި އިހްލާތެރި ނިޔަތެއްގައި ތިބުން މުހިއްމު ކަމަށެވެ.

"ކޯލިޝަން އެކުގައި މަސައްކަތް ކުރުމަށް 18/19 ކޮމެޓީއެއް ހަދާ އެކުގައި ކުރިއަށް ދިޔުމަށް ކުރި މަސައްކަތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު. މަޖިލިސް އިންތިހާބު ކޯލިޝަން ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން އެކުގައި އިހުލާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު" ރިޔާޒުގެ ޓްވިޓުގައި ވިދާޅުވިއެވެ.

ރިޔާޒު މިހެން ވިދާޅުވެފައި މިވަނީ، ކޯލިޝަން އެއްބަސްވުމާއި ހިލާފަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މައި ޕާޓީ އެމްޑީޕީން ކުރިމަތިލުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ޒިދާން މުހައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު