އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރިވި ބައަކަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނީމާ ޤައުމު ހަލަބޮލިކުރަން ނޫޅެ ތައުބާވުން މާރަނގަޅު: ޝައިޚް އިލްޔާސް

ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރިވި ބައަކަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނީމާ ޤައުމު ހަލަބޮލިކުރަން ނޫޅެ ތައުބާވުން މާރަނގަޅު: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

"ނިމިގެންދިއަ ވެރިކަމުގައި ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރިވި ބައަކަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނީމާ ވެސް އެކަން ޤަބޫލުނުކޮށް ޤައުމު ހަލަބޮލިކުރަން އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް ﷲ ތަށް ބިރުވެތިވެ ތައުބާވުން މާރަނގަޅު" ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުންނާއި އޭސީސީން ބަލަން ފެށުމުން ޕީޕީއެމުން މަގުމަތީ ޙަރަކާތްތައް ފަށާފައިވާ ވަގުތެއްގައެވެ.

ވެރިކަމުގައި ހުންނެވިއިރު "ހަމަ އެންމެ މީހަކުވެސް ދޫކޮށް ނުލައި ތުހުމަތު ކުރެވޭ ކޮންމެ މީހެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ" ކަމަށާއި ކޮންމެ މީހެއްގެ މައްޗަށް ނަމަވެސް ޝަރުޢީ ކޯޓަކުން ޙުކުމެއް ކޮށްފިނަމަ އެ ޙުކުމެއް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީނު ގެންދެވީ ވިދާޅުވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް