އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަގުތަކަށް އަންނާނީ ރައްޔިތުން އުފާވާނެފަދަ ހެޔޮ ބަދަލެއް- ޓްރާންސްޕޯޓް މިނިސްޓަރު

އަގުތަކަށް އަންނާނީ ރައްޔިތުން އުފާވާނެފަދަ ހެޔޮ ބަދަލެއް- ޓްރާންސްޕޯޓް މިނިސްޓަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޓިކެޓްގެ އަގުތަކަށް އަންނާނީ ހުރިހާ ރައްޔިތުން ވެސް އުފާވާ ކަހަލަ ހެޔޮ ބަދަލެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

 

އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް މިނިސްޓަރ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުހެޔޮ ކުރުން ކުޑަކޮށް ލަސްވެފައި ވިޔަސް، އެންމެ ފަހުގެ މަޝްވަރާތައް މިއަދު ނިމިފައިވާ ކަމަށާއި އެހެންކަމުން އަގަށް ބަދަލުގެނައުން ދެން ލަހެއް ނުވާނެ ކަމަށެވެ.

 

މިނިސްޓަރ ވިދާޅުވި ގޮތުގައި އަގުތައް އިއުލާން ނުކުރެވި ލަސްވީ، އެކަމަކީ ގިނަ އޮފީސްތަކެއް ގުޅިގެން ކުރަންޖެހޭ ކަމަކަށްވުމުން ކަމަށެވެ.

 

"ރައްޔިތުން ވަރަށް ހިތްހަމަ ޖެހޭ ވަރުގެ ހެޔޮ ބަދަލެއް އަގުތަކަށް އަންނާނެ" މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ.

 

އެތެރޭގެ އުދުހުންތަކުގެ އަގުތަށް ބަދަލުކުރާއިރު، ފައިނަލް ކުރެވޭ އަގުތަކެއް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ މިހާރު ހުރި އަގުތަކަށް މަލާއިރު ބޮޑު ބަދަލެއް އަންނާނެ ކަަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ