އިދިކޮޅު ކޯލިޝަނުގެ ވަފުދެއް ޖަރުމަނުގަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އިދިކޮޅު ކޯލިޝަނުގެ ވަފުދެއް ޖަރުމަނުގަ
އިދިކޮޅު ކޯލިޝަނުގެ ވަފުދެއް މިއަދު ޖަރުމަނުވިލާތަށް ހިނގައިޖެއެވެ.

ވަފުދުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ މިއަދުން ފެށިގެން ޖޫން މަހުގެ 3 ވަނަ ދުވަހަށް ކުރިއަށް ގެންދަވާ މި ދަތުރުފުޅުގެ ބޭނުންފުޅަކީ ރާއްޖޭގެ މިހާރުގެ ހާލަތު ޖަރުމަން ވިލާތުގެ ގިނަ ފަރާތްތަކަކާއި ހިއްޞާ ކުރެއްވުމާއި އަދި މިހާލަތު ބަދަލުކުރަން ޖަރުމަން ވިލާތަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމުގެ މައުލޫމާތު އޮޅުން ފިލުއްވެވުން ކަމަށެވެ.

އަމީން ވިދާޅުވީ މިދަތުރުފުޅުގައި ޖަރުމަންވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި މުއައްސަސާތަކާއި އަދި ތަފާތު ޖަމިއްޔާތަކާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

މިވަފުދުގައި ޖުމްހޫރީ ޕާޓީގެ ބޭރާއިބެހޭ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ޑރ. އަޙްމަދު ޢާޞިމް އާއި އާދަމް އާޒިމް އަދި ކޯލިޝަނުގެ އިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މިއަދު އޮންލައިން