ލިވްބޯޑް އެސޯސިއޭޝަނާ ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ގުޅިގެން ނިޔަމި ކޯހެއް ހިންގަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 28ސ
ލިވްބޯޑް އެސޯސިއޭޝަނާ ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ގުޅިގެން ނިޔަމި ކޯހެއް ހިންގަނީ
ލިވްބޯޑް އެސޯސިއޭޝަނާ ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ގުޅިގެން ނިޔަމި ކޯހެއް ހިންގަން ނިންމާފައިވާ އެކަމަށް ކުރިމަތިލާ މެންބަރުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމަށް ލިވް ބޯޑް އެސޯސިއޭޝަނުން އެދިއްޖެއެވެ.

އެ އެސޯސިއޭޝަނުން މިރޭ ބުނީ މިކޯހަކީ އެއްވެސް އަގެއް ނެގުމެއް ނެތި ހިލޭ ސާބަހަށް ހިންގާ ކޯހެއް ކަމަށެވެ. ކޯހުގައި 30 މީހަކު ބައިވެރިކުރަން ވަނީ ހަަމޖެހިފައެވެ.

މިއީ 2 ދުވަހާއި 8 ދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. 7452907 ނަމްބަރު ފޯނުން އިތުރު މައުލޫމާތު ލިބޭނުކަމަށް ވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން