ސަލާމަތީ ބާރުތަކުގެ އަމާޒަކީ ޓެރަރިޒަމްގެ މައްސަލަތައް ކުރިއާލައި ދެނެގަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސަލާމަތީ ބާރުތަކުގެ އަމާޒަކީ ޓެރަރިޒަމްގެ މައްސަލަތައް ކުރިއާލައި ދެނެގަތުން
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމާއި އެމްއެންޑީއެފް އަދި ފުލުހުންގެ ވެސް އަމާޒަކީ ކައުންޓަރ ޓެރަރިޒަމްގެ މައްސަލަތައް ކުރިއާލައި ދެނެގަތުން ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މަސައްކަތްކުރަން ފެށުމުގެ ފަހުމްނާމާގައި ސޮއިކުރުމަށް ބުރާސްފަތި ދުވެހު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދަޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް އޮތް އެންމެ ބޮޑު އެއް ހައްލަކީ މައްސަލަޔައް ކުރިއާލައި ދެނެގަތުން ކަމަށެވެ. އަދި އެކަމަށްޓަކައި އިލްމީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

ޓެރަރިޒަމުން ސަލާމަތްވެ ތިބުމަށް އިލްމީ ދިރާސާތައް ކުރުން އިތުރުވަމުން އަންނައިރު ރާއްޖޭގައި ވެސް މިފަދަ ދިރާސާތައް ކުރުން ވަނީ އިތުރުކުރަންޖެހުމެވެ.

ރާއްޖެއަށް ބަލައިފިނަމަ އިސްލާމް ދީނުގެ ކަންކަމުގައި ސަރުކާރުގެ ފިކުރާ ދީނީ އުލްމުވެރިންގެ ފިކުރު ދިމާނުވުމުގެ މައްސަލަތަކެއް މިހާރުވެސް ކުރިމަތިވެފައެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އިލްމީ މަސައްކަތްތައް ކުރަންޖެހޭކަން ފާހަގަކުރެއެވެ.


++++
މިއަދު އޮންލައިން