ސަރުކާރުފަޅީގަ ތިބި މެންބަރުން ރައްޔިިތުން ފަޅިއަށް ޖެހެން ފަށައިފި: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސަރުކާރުފަޅީގަ ތިބި މެންބަރުން ރައްޔިިތުން ފަޅިއަށް ޖެހެން ފަށައިފި: ފައިޞަލް ނަސީމް
ސަރުކާރު ފަޅިގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ފަޅިއަށް ޖެހެން ފަށައިފިކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިހާރު މިފެންނަނީ އިން ޝާ ﷲ ސަރުކާރުފަޅީގައި ތިއްބެވި އެމްޕީންވެސް ރައްޔިތުންގެ ފަޅި ނަންނަގަވާ ޙައްޤު ބަސް ވިދާޅުވުމަށް ފަސްނުޖެހޭ މަންޒަރު" ކަމަށެވެ.





ފައިޞަލް މިމޭރުމުން ވިދާޅުވެފައިވަނީ "ވޯޓު ބޭނުންނަމަ ނާޒިމް ދޫކޮށްލަން މެންބަރު ލަޠީފް ޝަރުޠު ކޮށްފި" ކަމަށް ހާމެވެފައިވާ ޚަބަރަކާއި ގުޅިގެންނެވެ.

ކާނަލް ނާޒިމް ދިރިއުޅުއްވި ކޮޓަރިކޮޅުން "ފެނުނު" ފިސްތޯލައިން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނުނުކަން ފުލުހުން ހާމަކޮށްފައިވީ ނަމަވެސް އެ މައްސަލަ އަދިވެސް ބަލާކަމުގެ އެއްވެސް މައުލޫމާތެއް އަދިވެސް ލިބިފައެއް ނުވެއެވެ. އަދި ދާދިފަހުން ލީކުވި އަދީބްގެ ސިޓީއަކުން "އެ ފިސްތޯލަ" އާއި ކާނަލް ނާޒިމާއި އެއްވެސް ގުޅުމެއް ނެތްކަން ހާމަވުމުންވެސް އެ މައްސަލަ އެއްވެސް ފަރާތަކުން ބަލާކަމުގެ އެއްވެސް މައުލޫމާތެއް އަދިވެސް ހާމަވެފައި ނުވުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން