ވެރިކަންކުރާ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެޕާޓީން ވަކިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ވެރިކަންކުރާ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެޕާޓީން ވަކިވެއްޖެ
ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ގިނަ މެމްބަރުންތަކެއް އެޕާޓީން ވަކިވެވަޑައިގަންނަވަމުން އެބަދެއެވެ.

އެގޮތުން އެ ޕާޓީން މިއަދު ވަކިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތާރިޤްވެސް ހިމެނިވަޑައިގަންނަވާކަމަށް ވަނީ މަޢުލޫތު ލިބިފައެވެ. މީގެ އިތުރުން މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސިނާންވެސް ވަނީ އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފައެވެ.

ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މީގެ ކުރިން އެ ޕާޓީއާވަކިވެވަޑައިގެންފައިވާ މެމްބަރުންގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމް އިން ގިނަ މެމްބަރުންތަކެއް ވަކިވެވަޑައިގަންނަވަމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު އޮންލައިން