ޕީޕީއެމުން 4 މެންބަރުން ވަކިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޕީޕީއެމުން 4 މެންބަރުން ވަކިކޮށްފި
ޕީޕީއެމް މެންބަރުންގެ ގޮތުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރަކު ޕީޕީއެމުން ވަކިވި ކަން ކަމާ ބެހޭ މުއައްސަސާތަކަށް އަންގައިފިއެވެ.

ޕީޕީއެމުން ވަކިކުރި 4 މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

އެޕާޓީން މި ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި 4 މެމްބަރުން ޕާޓީން ވަކިވިކަން އިއުލާން ކުރެއްވެވީ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީން އެވެ.

"ވަހީދު، ސައުދު، އަމީތު، ލަތީފް ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މަޖިލީހަށް އަންގާފައިވާ ކަމަށް ރައީސް ބައްދަލުވުމުގައި ވިދާޅުވި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
މިއަދު އޮންލައިން