އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅުގެ އިސް-ސަފުގައި މިއަދު ތިބީ 35 އަހަރު މިޤައުމުގެ ޕޮލިޓިކްސްގައި މަސައްކަތް ކުރި މީހުން ކަމަށެވެ. އަދި އެމީހުން ގޮވާލިގޮވާލުމަށް އިޖާބަ ނުދިނުމުން ދޭހަވާ ކަމަކީ ރައްޔިތުން ވަނީ ކުރީގެޕޮލިޓިކްސް އަށް ނޫނެކެބުނެ ސަރުކާރުން ގެނެސްދޭން އުޅޭ ޑިމޮކްރަސީއަށްތާއީދުކުރާ މިންވަރު ހާމަ ކޮށްދިން ކަމެއް ކަމަށެވެ.
މީގެ އިތުރުން ހަވަރު އެއްކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މިނިވަން ދުވަހުގެހަރަކާތްތަކަށް ހުރަސް އެޅުމަށް ކުރި މަސައްކަތަށް ރައްޔިތުން އިޖާބަދީފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ ރޭވުންތަކަށް ރައްޔިތުން އިޖާބަ ނުދިނުމުންއެނގިގެންދާ ކަމަކީ ސަރުކާރުން ޤައުމިއްޔަތު ދިރުވުމަށްޓަކައިކުރަމުންގެންދާ މަސައްކަތައް ރައްޔިތުން ތާއީދު ކުރާ މިންވަރު ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ރޭ "ހަވަރު އެއްކުރުމަށް" ގޮވާލައި މުޒާހަރާއަށްއެމްޑީޕީ ހަރުގެ ކައިރިއަށް ދިއުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްއެއްވުން ރޫޅާލައި އެއްވި މީހުންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހާފައެވެ. އަދިއެއްވި މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާ އިރު، އޭގެތެރޭގައި ނޫސް ވެރިންވެސް ހިމެނެއެވެ. ނަމަވެސް ނޫސް ވެރިންވަނީ ރޭދޫކޮށްލާފައެވެ.