މޫސުން ތަންނުދޭތީ ހުޅުމާލޭގައި ބާއްވަންއޮތް ޝަރަފްގެ ހިނގާލުން ކެންސަލްކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރުހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން މޫސުންތަންނުދޭތީ ކެންސަލްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުމުގެ މުނާސަބަތުގައި ޤައުމީދިފާޢީ ބާރުން މިއަދު ބާއްވަން ތާވަލުކުރި ޝަރަފްގެ ހިނގާލުން އަލުން ބާއްވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.