ދިވެހި ސިފައިންނާ އެކީގައި ޤާނޫނީ ގޮތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުގައި ދެމި ހުންނާނަވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް ކުރަމުންދާ އިޖުތިމާއީ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާ މައުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޤާނޫނުއަސާސީގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިޘިއްޔަތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުގަ އާއި ސިފައިންގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓަރެއްގެ ހައިޘިއްޔަތުން އަދާކުރަން ޖެހޭ ވާޖިބުތައް ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ސިފައިންގެ ޤާނޫނުގެ ދަށުން ލިބިދޭ އެންމެހާ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރައްވާނެ ކަމަށާއި އެބާރުތައް ބޭނުންކުރާނީ މުޅިޤައުމުގެ ހެވާ ލާބަޔަށްޓަކާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.