ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެމެމްބަރު މުހައްމަދު އަމީތު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަމީތު ޑޮކްޓަރަށް ދައްކާފައިވަނީ ލޮލުގައި އިންފެކްޝަނެއް އުފެދިގެންނެވެ. އަދި އޭނާ ޑޮކްޓަރަށް ދައްކާފައިވަނީ މިއަދުއެވެ.
އަމީތުގެ ބޭބެ، ޢަބްދުﷲ އަމީން ވިދާޅުވީ ދޫނިދޫގައި ބަންދުކޮށްފައިވާ އަމީތު މާލެ ގެނެސް ދައްކާފައިވަނީ އައި ކެއަރއަށް ކަމަށާއި އޭރު އަމީތުގެ ލޯ ހުރީ ވަރަށްބޮޑަށް ދުޅަވެފައި ކަމަށެވެ.
މީގެ ކުރިންވެސް މައިބަދައިގެމައްސަލައެއް ކުރިމަތިވެގެން އަމީތު ޑޮކްޓަރަށް ދައްކާފައިވާ އިރު، ދޫނިދޫގައި ބަންދުކުރި ފަހުން، އަމީތުގެ ސިއްހީ ހާލަތުއަންނަނީ ގޯސްވަމުން ކަމަށާއި އަމީތުގެ ހާލުގޯސްވަމުން ދަނީ އޭނާ ބަހައްޓާފައި ހުރި ގޮޅީގެ ގޮތުން ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.