ދައުލަތުން މުސާރަ ނަގަމުން ރައްޔިތުންގެ ފައިސާއިން މަޝްރޫއުތައް ހިންގުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއް ނޫން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދައުލަތުން މުސާރަ ނަގަމުން ރައްޔިތުންގެ ފައިސާއިން  މަޝްރޫއުތައް ހިންގުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއް ނޫން: ފައިޞަލް
ދައުލަތުގެ ފައިސާ އިން މުސާރަ ނަގައިގެން ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ރަށްރަށަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަކީ ރައްޔިތުން ޝުކުރުވެރިވާންޖެހޭނެ ކަމެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ވިދާޅުވީ ރަށްރަށަށް ބޭނުންވެފައިވާ ކަންކަން ކުރުމަކީ ސަރުކާރުގެ މަޤާމުތަކުގައި ތިބޭ މީހުން ކުރަންޖެހޭ ކަމެއް ކަމަށާއި ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމް ފަދަ ދީލަތި ބޭފުޅަކު އެބޭފުޅެއްގެ އަމިއްލަފުޅު ފައިސާ އިން ޚަރަދުކުރައްވައިގެން ރައްޔިތުންނަށް ކަމެއް ކޮށްދެއްވައިފިނަމަ އެކަމަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަންޖެހޭނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ އެއްވެސް ކަމަކަށް ދުވަހަކުވެސް ހުރަސް އަޅުއްވާފައި ނުވާނެ ކަމަށާއި އަބަދުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ފައިދާހުރި، ރައްޔިތުން ބޭނުންވެގެން ތިބި ކަންކަން ރައްޔިތުންނަށް ވީހައި އަވަހަކަށް ފުރިހަމަކޮށްދެއްވަން ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ފާޑުކިޔަނީ ސަރުކާރުން ކުރި ނަމަވެސް ސުވާލު އުފެދޭ ކަންކަމަށް. އެއީ އަޅުގަނޑު މާތްﷲ ގަންދީ ކޮށްގެން ހުރި ހުވައިގެދަށުން ކޮންމެހެން ކުރަންޖެހޭ. އަޅުގަނޑުގެ ޤާނޫނީ މަސްއޫލިއްޔަތު އަޅުގަނޑު އަދާކުރަމުން މިގެންދަނީ. ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަން އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރަން." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.

ފައިޞަލް އަކީ އެމަނިކުފާނުގެ ފައުންޑޭޝަން މެދުވެރިކުރައްވައި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް އަމިއްލަފުޅު ހައިޞިއްޔަތުން ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
މިއަދު އޮންލައިން