ދިގުރަށަށް ލައްގާފައި އޮއްވާ މިއަދު ހެނދުނު ފެނިފައިވަނީ ކަނޑު އުޅަނދުތައް ހާލުގައި ޖެހުމުން އަލިއަރުވަން ބޭނުންކުރާ ފްލަޔަރ އަޅާފައިވާ ހުސް ކޮންޓޭއިނަރެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮންޓޭއިނަރުގެ ބޭރުގައި އެކްސްޕްލޯސިވް ޖަހާފައި އިންނަނީ އޭގައި ހުރީ ކޮން އެއްޗެއްކަން އެއިގެ ބޭނުންކުރަންޖެހޭ މީހުންނަށް އެންގުމަށް ކަމަށެވެ.
ޢާޒިމް ވިދާޅުވީ މިފަހަރު މިފެނުނީ ހުސްކޮންޓޭއިނަރެއް ނަމަވެސް ލައްގާ ނުވަތަ ފެންނަ ކޮންމެ ކޮންޓޭއިނަރަކީ ހުސް ކޮންޓޭއިނަރަކަށް ނުވެދާނެ ކަމަށާއި މިބާވަތުގެ އެއްޗެއް ނުވަތަ ޝައްކުކުރެވޭ އެއްޗެއް ފެނުނު ނަމަވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަދި އަމިއްލައަށް އަތް ނުލުމަށާއި ވީހައި އަވަހަކަށް އެމްއެންޑީއެފަށް މައުލުމާތު ދިނުމަށްވެސް ޢާޒިމް ވަނީ އެދިވަޑައިގެންފައެވެ.