މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތުގައި ސިފައިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތުގައި ސިފައިން ބައިވެރިވެއްޖެ
ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތައް ސާފުކުރުމުގެ ގޮތުން މިއަދު ފެށި ހަރަކާތުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން އެއް ހަފުތާގެ މުއްދަތަށް ހިންގާ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ހަރަކާތްތެރިވަމުން ދާނެއެވެ. މިގޮތުން، މާލޭގެ ފަޅު ސާފުކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ކުރިއަށްގެންދާއިރު، ހުޅުމާލޭ އާއި ވިލިމާލޭގައި ހިންގާ ސާފުކުރުމުގެ ޕްރޮގްރާމްގައި ވެސް އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ދަނީ ބައިވެރިވަމުންނެވެ. އަދި، އެމްއެންޑީއެފް އޭރިއާތައް ނިސްބަތްވާ ރަށްތަކުގައި، މިހަރަކާތްތައް ކުރިއަށްދާއިރު، އެ އޭރިއާތަކުގައި މަސައްކަތް ކުރާ ސިފައިން ޢަމަލީ ގޮތުން ބައިވެރިވާނެއެވެ.

"އިންޓަރނޭޝަނަލް ކޯސްޓަލް ކްލީން އަޕް ޑޭ" ގެ ނަމުގައި ހިންގާ މި ހަރަކާތުގައި، ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ސާފުކުރާ ގޮތަށް ހަމަޖެހިފައިވެއެވެ.

މި ހަރަކާތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިއަދު އޮންލައިން