ސަރުކާރުގެ 2 މެންބަރުންނާ ހައުސިންގ މިނިސްޓަރު ބައްދަލުކުރައްވައިފި- ކުރީ އެއް ޝަކުވާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ސަރުކާރުގެ 2 މެންބަރުންނާ ހައުސިންގ މިނިސްޓަރު ބައްދަލުކުރައްވައިފި- ކުރީ އެއް ޝަކުވާއެއް!
ހުޅުމާލެއިން ދޫކޮށްފައިވާ 661 ފްލެޓް ދޫކުރި ގޮތުގެ ޝަކުވާތައް އިންތިހާއަށް ގޮސްފައިވަނިކޮށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ދެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ޑރ. މުޢިއްޒު ބައްދަލުކުރެއްވީ ޕީޕީއެމްގެ ޕީޖީ ގްރުޕުގައި ހިމެނިވަޑައިގަންނަވާ އަސްމާ ރަޝީދު އާއި އަދި ޢަބްދުﷲ ރިފާޢު އެވެ. އެ ދެ މެންބަރުންވެސް ހުށަހެޅުއްވީ ހަމަ އިދިކޮޅު ފަރާތްތަކުންވެސް ހުށަހަޅާ ޝަކުވާއެވެ. ފްލެޓް ލިބުން ހައްޤު ނިކަމެތިންނަށް ނުދީ ޙައްޤު ނޫން ބައަކަށް ފްލެޓް ދޫކުރުމުން ރައްޔިތުން ޝަކުވާކުރާ ކަމުގެ ޝަކުވާއެވެ.

އިދިކޮލު މެންބަރުންނާއި މާލޭ ސިޓީ ކައުންސިލުން ޑރ. މުޢިއްޒު އާއި ބައްދަލުކުރަން ދިއުމުން މިއަދު ވަނީ ބައްދަލު ނުކުރައްވައިފައެވެ. ގަޑިއެއްހައިއިރުގެ ދިގު އިންތިޒާރަކަށްފަހު އެބޭފުޅުންނަށް ޖެހިވަޑައިގަތީ އެނބުރި ވަޑައިގަތުމަށެވެ.

ގިނަ ބައަކު ބުނާ ގޮތުގައި މައްސަލަ ފެންމަތިވެގެން މިއުޅެނީ ނިކަމެތި ރައްޔިތުންގެ މޭމަތީގައި ކޮޅުފައިން ޖަހައި މަލާމާތްކުރާ އުޞޫލުން ހައުސިންގ މިނިސްޓްރީން ކަންތައްތައް ކުރުމުންނެވެ. ހައްޤު ނޫން ބައަކަށް ފްލެޓް ދިނުމަށްފަހު ޝަކުވާ ކުރުމުގެ ފުރުޞަތު ހުޅިވާލީތީއެވެ.

ގިނަ މީހުން ބުނަނީ ފްލެޓް ދިނީ ސަރުކާރަށް ފެންނަ ބައަކަށް ކަމަށްބުނެ ނިންމައިލި ނަމަ އެއްވެސް މީހަކަށް އެއްވެސް ޝަކުވާއެއް ނުކުރެވޭނެ ކަމަށެވެ. އެކަން އޮންނާނީ އެގޮތަށް ނިމިފައި ކަމަށެވެ. ނަމަވެސް 100 ޕޮއިންޓް ލިބުނު މީހުންނަށް ނުލިބި 30 ޕޮއިންޓް ލިބުނު މީހުންނަށް ދީފައި ޝަކުވާ ހުށަހަޅަން ފުރުޞަތު ހުޅުވައިލުމަކީ ހައުސިންގ މިނިސްޓްރީން ނިކަމެތިންނަށް ކުރި ފުރައްސާރައެއް ކަމަށެވެ.

ފްލެޓް ލިބޭނީ ކިތައް ޕޮއިންޓް ލިބިގެން ކަމަށް ޤާނޫނު އަސާސީއަކު ނެތެވެ. އެހެންކަމުން ސަރުކާރުން ދޭން ބޭނުން މީހަކަށް ދިނުމަށް ހުރަހެއް ނެތްކަން ވެސް ފާހަގަކުރެވެއެވެ.

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި އަދި ނިމިފައިވާ މަދު ފްލެޓްކޮޅުވެސް އެއިގެ ހައްޤުވެރިންނަށް އިންސާފުވެރިކަމާއިއެކު ދިން ނަމަ ސަރުކާރަށް ކުރާ ތާއީދު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ކަންކަން ކުރިގޮތުން އެތައް ހާސް ބައެއްގެ ނަފުރަތު ސަރުކާރަށް އަމާޒުވެގެންދާނެއެވެ.
މިއަދު އޮންލައިން