ގއ. ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް، ވަރަށް ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ވިލިނގިލީގައި މިރޭ ބޭއްވި މިޚާއްސަ ބައްދަލުވުމުގައި، ރައީސް ޔާމީން އަރިހު އެމަނިކުފާނުގެ އަނބިކަބަލުން ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް އާއި ޕީޕީއެމް ގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އިސްމާއިލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އިސްމާއިލް ވިދާޅުވީ ހުވަދޫ އަތޮޅު ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްޤީ ކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
"އެމަނިކުފާނުގެ ވެރިކަމުގަ އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅަށް ދެއްވަމުންދާ އަޙައްމިއްޔަތަކީ ވަރަށް މުހިންމު ވަރަށް ބޮޑެތި އަޙައްމިއްޔަތު ކަމެއް." އެމްޕީ ޖަމީލު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވިލިނގިލީ ދާއިރާގެ ލޯކަލް ކައުންސިލް ގޮނޑި ޕީޕީއެމް އަށް ގެއްލުމަކީ ލިބުނު ހިތާމައެއް ކަމަށާއި ނަމަވެސް، ރައްޔިތުންނަށް މުހިންމުވެފައި ސަރުކާރަށް ބޭނުން ބޮޑީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ ސަރުކާރު ހިންގާ ޕާޓީގެ ގޮނޑިއަކަށް ވެއްޖިއްޔާ، ޝައްކެއްވެސް ނެތް ކައުންސިލް ނުލިބުމަކުން އަޅުނގުމެންނަށް ލިބޭނެ އުނިކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރަކީ އިދިކޮޅު ކައުންސިލެއް އޮވެގެން ރަށަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ފޯރު ނުކޮށްދީ މަޑު ކުރާނެ ސަރުކުރާނެ ސަރުކާރެއް ނޫން" އަބްރުއްރަހީމް ވިދާޅުވިއެވެ.