ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 7ސ
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ
ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެއެވެ.

ޅ. ހިންނަވަރުން ފުރައިގެން ނ. މިލަންދޫ އަށް ތިން މީހުންނާއިއެކު ދަތުރުކުރި މިޑިންގީ ފެނިފައިވަނީ، ޑިންގީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ އެމްެއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ ހާބަރ ކްރާފްޓް 116 ލޯންޗަށް މިރޭ 19:10 ހާއިރު ނ. މަނަދޫގެ އިރުން 30 ނޯޓިކަލް މޭރު ބޭރުންނެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައޮ، ޑިންގީ އިން ދަތުރުކުރި ތިން މީހުންގެ ހާލުވެސް ރަނގަޅެވެ. އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދެމުން އެމީހުން ބުނީ، ޑިންގީގެ ޚަބަރެއް ނުވީ އައި ކޮޅިގަނޑެއްގައި މިސްރާބް އޮޅި އިންޖީނުން ޕެޓްރޯލް ހުސްވެ އޮޔާ ދިޔުމުންކަމަށެވެ.

ޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ވެލާނާ" އިން ވަނީ، ނައިޓްވިޝަން ކެމެރާ ބޭނުން ކޮށްގެން، ޑިންގީ ދަތުރުކުރި ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެޑިންގީ ނ. މަނަދޫ އަށް ގެންދިޔުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު އޮންލައިން