ދިވެހި އަސްކަރިއްޔާ އިލްމީ ގޮތުން ޤާބިލުތަނަކަށް ވެއްޖެ: ޑިފެންސް ޗީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދިވެހި އަސްކަރިއްޔާ އިލްމީ ގޮތުން ޤާބިލުތަނަކަށް ވެއްޖެ: ޑިފެންސް ޗީފް
ސަތޭކައަށްވުރެ ގިނަ އަހަރުވެފައިވާ ދިވެހި އަސްކަރިއްޔާ މިހާރު މިވަނީ އިލްމީ ގޮތުން ކުރިއަރާފައިވާ ތަނަކަށް ވެފައި ކަމަށާއި އެއީ ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ދިވެހި އަސްކަރިއްޔާއިން ހިންގާ ޑިފެންސް ކޮލެޖުން މިއަހަރު ހިންގި 3 ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ 1980 ވަނަ އަހަރުގެ ކުރިއަށް ބަލައިފިނަމަ ބޭރުން ތަމްރީނުވެގެން ތިބީ ވަރަށް މަދު އަދަދެއްގެ އޮފިސަރުން ކަމަށާއި އެހެންނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައި ކަމަށެވެ.



ޝިޔާމް ވިދާޅުވީ ޑޮކްޓަރުންނާއި އިނޖިނޭރުން އަދި ސައިންސްވެރިންވެސް މިހާރު ދިވެހި އަސްކަރިއްޔާގައި އެބަތިބި ކަމަށެވެ. ޤައުމަށް ބޭނުންވެއްޖެ ކޮންމެ ވަގުތަކު އެ ބޭކަލުންގެ ޚިދުމަތް ޤައުމަށް ލިބިގެންދާނެ ކަމަށެވެ.

މިރޭ ދަސްވެނިވުން ފާހަގަކުރި ކޯސްތަކުގެ ތެރޭގައި ޕޯސްޓް ގްރެޖުއޭޓް ޑިޕޮލޮމާ އިން ޑިފެންސް ސްޓަޑީޒް އަދި ޑިޕޮލޮމާ އިން ޑިފެންސް ސްޓަޑީޒް ކޯސް ހިމެނެއެވެ. މީގެ އިތުރުން މިއަހަރު އެ ކޮލެޖުން ހިންގި 6 ކޯހެއްގައި 158 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
މިއަދު އޮންލައިން