މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީ އަރުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީ އަރުވައިފި
ދިވެހި އަސްކަރިއްޔާގެ ޑިފެންސް ކޮލެޖުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) އަށް އޮނަރަރީ މާސްޓަރސް ޑިގްރީ އަރުވައިފިއެވެ.

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ޝަރަފު މުޙައްމަދު ޒާހިރަށް އެރުވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ.

މުޙައްމަދު ޒާހިރަކީ ދިވެހި ސިފައިން ތަމްރީނުކުރުމުގައި އެންމެ އިސް ދައުރެއް ދިގު މުއްދަތެއް ވަންދެން އަދާކުރައްވައި ދިވެހި އަސްކަރިއްޔާއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ.
މިއަދު އޮންލައިން