ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަދިޔާކޮށްފި
ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަދިޔާކޮށްފިއެވެ.



2 ފޫޓް 3 ފޫޓުގެ މި ފޮޓޯ ހަދިޔާކޮށްފައިވަނީ ކުޅުދުއްފުށީގައި މިއަދު ބޭއްވި އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ސައިލެންޓް ޑްރިލްގެ ދައްކާލުން ފެށުމުގެ ކުރިންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާގެ ފަރާތުން މި ފޮޓޯއާއި ހަވާލުވެލެއްވީ ބައްޕަ އާދަމް މުޙައްމަދާއި މަންމަ އައިޝަތު ޙަސަންއެވެ.



މި ފޮޓޯއަކީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ކުޅުދުއްފުށީގައި ދައްކާލި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް ފަހު ނަގާފައިވާ ހަނދާނީ ފޮޓޯއެކެވެ.

މިއަދު އޮންލައިން