ޢަބްދުލްޙަމީދު ޢަބްދުއްސަމަދާ ދަގެތީގެ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޢަބްދުލްޙަމީދު ޢަބްދުއްސަމަދާ ދަގެތީގެ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި
ހެލްތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކަޓިވްގެ މަޤާމުން އިސްތިއުފާ ދެއްވި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު އާއި ދަގެތީގެ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޯމްތަކާއި ޙަވާލުވެވަޑައިގަތީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް އެވެ.



ޢަބްދުލްޙަމީދު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ އެ ޕާޓީއަކީ ދެ ޖިންސުގެ ޒުވާނުންނަށް ރަނގަޅު ފުރުޞަތުތަކެއް އޮތް ޕާޓީއަކަށް ވުމުން ކަމަށާއި އަދި އެ ޕާޓީގެ ތެރެއިން ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވިދާނެކަމަށް ޤަބޫލުފުުޅުކުރައްވާތީ ކަމަށެވެ.



މިރަސްމިއްޔާތުގައި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ ޤައުމަށް ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވަން ބުރަ މަސަތްކަތްޕުޅުތަކެއް ކުރައްވެވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށްވެސް އެންމެ ވަރުގަދައަށް މަސައްކަތްޕުޅު ކުރެއްވި ލީޑަރު ކަމަށެވެ.



ޤާސިމް އިބްރާހީމްއަށް އިއްވާފައިވާ ޖަލު ޙުކުމް އިއްވާފައި އެވަނީވެސް ޤައުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ހިންގުމަށް ކުރިމަތިކުރުވާފައިވާ ފިއްތުންތަކުގެ ސަބަބުން ޕާޓީ ހިންގަން ކުރަންޖެހޭ ކަންކަން ރަނގަޅު ގޮތުގައި ނުކުރެވުނު ނަމަވެސް ގިނަ ބައަކު ދަނީ އެޕާޓީ އާއި ގުޅެމުންނެވެ.
މިއަދު އޮންލައިން