ތ.މަޑިފުށީ ގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފި އެވެ.
މިއަދު ހަވީރު 1730 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 74 އަހަރުގެ ފިރިހެނެކެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި މީހާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައި ވަނީ ތ.މަޑިފުށި ހެލްތު ސެންޓަރުން ބެއްލެވި ޑޮކްޓަރުން އެމީހާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންކަމަށެވެ.
މިބަލިމީހާ މިހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.