ރާއްޖޭގެ ކަނޑުން، މީހަކު ނެތް ބޭރުގެ މަސްބޯޓެއް ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަސްބޯޓު ފެނުނީ މަހަށް ގޮސް އުޅުނު ހއ. އިހަވަންދޫ ދޯންޏަކަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ބޭރުގެ އެމަސްބޯޓު މިހާރު އޮތީ އިހަވަންވަންދޫ ބަނދަރުގައެވެ. ބޯޓު ފެނުނުއިރު ވެސް އެބޯޓޫގައި އެއްވެސް މީހަކު ނެތް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާގޮތުގައި އެބޯޓު ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު، "ގޮމަ" ކިޔާ މަސްދޯންޏަކަށެވެ. އެމަސްދޯންޏަށް އެބޯޓުު ފެނިފައިވަނީ ރާއްޖެއާއި 80 މޭލު ބޭރުން ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
އެއީ ކޮން ޤައުމެއްގެ މަސް ދޯންޏެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.