ޝްރީ ލަންކާގެ ގެއްލިފައިވާ މަސް ބޯޓުތަކުން މަސް ބޯޓެއް ތުރާކުނު ކައިރިން ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 44ސ
ޝްރީ ލަންކާގެ ގެއްލިފައިވާ މަސް ބޯޓުތަކުން މަސް ބޯޓެއް ތުރާކުނު ކައިރިން ފެނިއްޖެ
ތޫފާން އޮޗީގެ ސަބަބުން، އަވައްޓެރި ޝްރީ ލަންކާ އިން ގެއްލިފައިވާ މަސް ބޯޓު ތަކުގެ ތެރެއިން "ރަޝަނި" ނަމަކަށް ކިޔާ މަސް ބޯޓެއް ހއ. ތުރާކުނު ކައިރިން އެމްއެންޑީއެފް ކޯސްޓް ގާޑް އަށް ފެނިއްޖެއެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް މައުލޫޟާތު ދީފައިވާ ގޮތުގައި މިމަސް ބޯޓު ފެނިފައިވަނީ ހއ. ތުރާކުނު ގެ އިރުދެކުން 62 ނޯޓިކަލް މޭލު ދުރުން ނެވެ.

"ރަޝަނި" މަސްބޯޓު ފެނުންއިރު، އެބޯޓުގައި ހަތް މީހުން ތިބި ކަމަށާއި އެއެންމެންގެ ހާލު ރަނގަޅު ނަމަވެސް އުޅަނދުގައި އެއްވެސް ވަރަކަށް ބޯފެން ނެތް ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން ބޯޓުގައި ތިބި މީހުންނަށް، އެމްއެންޑީއެފް ގެ ފަރާތުން ބޯފެނާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މިމަސްބޯޓު ފެނިފައިވަނީ މިއަދު މެންދުރުފަހު 15:30 ގައެވެ.
މިއަދު އޮންލައިން