ކޮޅުވެއްޓިއެއްގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ގެ ފަރާތުން މާލެ ގެނެސްދީފި

ކިޔުމަށް ހޭދަވާނީ 38ސ
ކޮޅުވެއްޓިއެއްގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ގެ ފަރާތުން މާލެ ގެނެސްދީފި
ކޮޅުވެއްޓިއެއްގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިރޭ މާލެ ގެނެސްދީފިއެވެ.

އެމްެއެންޑީއެފް އިން އެމީހާ މާލެ ގެނެސްދީފައިވަނީ މިރޭ 20:45 ހާއިރު އެވެ.

ތިލަފުށީ ކައިރީގައި އޮތް "ފެމުނު" ކިޔާ ކޮޅުވެއްޓިއަކުން މާލެ ގެނެސްދީފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެމީހާ މާލެ ގެނެސްދިނުމަށް އެދިފައިވަނީ އަނބުރައިގަނެގެން ކޮޅުވެއްޓީގެ ތެރެއަށް އެމީހާ ވެއްޓުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް 115 ނަންބަރު ލޯނއޗުގައި މިބަލިމީހާ މާލެ ގެނެސް، މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވިފައެވެ.
މިއަދު އޮންލައިން