ޖުމްލަ 78 ރަށެއްގެ ބަނދަރުގެ މަސައްކަތް ފައްޓަވާ، ގިނަ ރަށްތަކެއްގެ ބަނދަރުގެ މަސައްކަތް ނިންމަވާފައިވޭ- ޑރ. މުއިއްޒު

ކިޔުމަށް ހޭދަވާނީ 1މ 27ސ
ޖުމްލަ 78 ރަށެއްގެ ބަނދަރުގެ މަސައްކަތް ފައްޓަވާ، ގިނަ ރަށްތަކެއްގެ ބަނދަރުގެ މަސައްކަތް ނިންމަވާފައިވޭ- ޑރ. މުއިއްޒު
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ސަރުކާރުން ޖުމްލަ 78 ރަށެއްގެ ބަނދަރުގެ މަސައްކަތް ފައްޓަވާ، އޭގެ ތެރެއިން ގިނަ ރަށްތަކެއްގެ ބަނދަރުގެ މަސައްކަތް މިހާރު ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ނ/ މާޅެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ރާއްޖެގެ ވެރިކަމާ ހަވާލުވެލެއްވިއިރު، އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންގެ ކަންތައްތައް ގާތުން ބައްލަވާ ރައްޔިތުންނަށް ބޭނުން ވެފައިވާ ކަންތައްތައް ފާހަގަ ކުރައްވާ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި މިއަދާ ހަމައަށް އައިއިރު، ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުން މިދަނީ އެވައުދުތައް ފުއްދަމުން ގެންދަވާތަން ކަމަށެވެ.

"ރައީސް ޔާމީންގެ މެނިފެސްޓޯގައި ވެފައިވާ ވައުދުތަކުގެ ތެރެއިން އެއް ކަމަކީ ލަފާ ފުރުމުގެ ދަތިކަން ފަސޭހަ ކޮށްދެއްވުން. އެމެނިފެސްޓޯގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލަފާ ފުރުމުގެ ދަތިކަން މިދައުރު ނިމެންވާއިރަށް ހައްލު ކުރެވޭނެ ކަމަށް. އެގޮތުން މިއަދާއި ހަމައަށް 47 ރަށެއްގައި ބަނދަރު ހަދާ ނިންމާފައިވޭ. ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި 31 ރަށެއްގައި ބަނދަރު ނިމޭނެ" ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވެފައިވަނީ ރައީސް ޔާމީން އަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވާ ދެއްވާނެ ކަމަށް ހަމަ އެކަނި އަނގަ ބަހުން ވިދާޅުވާ ބޭފުޅެއް ނޫން ކަމަށާއި އެކަންކަން ހަގީގަތުގައިވެސް ފުއްދަވާދެއްވަމުން ގެންދަވާ ރައީސް އެއް ކަމަށެވެ.
މިއަދު އޮންލައިން