ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް، ކ. ގާފަރު ގެ ރައްޔިތުންނަށް ފަސޭހަ ކޮށްދެއްވުމަށްޓަކައި ޑަސްބިންތަކެއް މިއަދު ހަދިޔާ ކޮށްފިއެވެ.
ފައިސަލް ފައުންޑޭޝަންގެ ފަރާތުން، ގާފަރުގެ މީހުން ދިރިއުޅޭ އެކިއެކި ސަރަހައްދުގައި ބެހެއްޓުމަށް 12 ޑަސްބިން ހަދިޔާ ކޮށްފައިވެއެވެ.
"މިކަމުގެ ބޭނުމަކީ ރަށްރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ސާފުތާހިރު ތަނެއްގެ ގޮތުގައި މިރަށްރަށް ބެއްވުން" ކުރިއަށް އޮތް ތަނުގައި ކާށިދޫގެ އެކި ހިސާބުތަކުގައި ވެސް ޑަސްބިން ބަހައްޓާނެ ކަމަށް ވިދާޅުވަމުން މެންބަރު ފައިސަލް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މެންބަރު ފައިސަލް ވިދާޅުވެފައިވަނީ "ސާފު ވެށި، މަގޭ ޒިންމާ" މިޝިއާރުގެ ދަށުން 2018 ވަނަ އަހަރު ނިމުމުގެ ކުރިން ކާށިދޫ އާއި ގާފަރުގައި ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ.