މިހާރު މިކުރިމަތިލީ އޮނަހިރި އަދަދެއް ނިންމައި، ހިރިއަދަދެއްގެ، ކޭލި ހަމަވާ އަހަރަކަށް ކަމަށާއި 2018 ވަނަ އަހަރު އޮނަހިރި ފިކުރަކަށް ކާމިޔާބު ނުލިބޭނެ ކަމަށާއި ކާމިޔާބު ލިބޭނީ އެންމެ ކޭލި ހަމަ ޕާޓީއަކަށް ކަމަށް ޤާނޫނީ ވަކީލް ނޫރުއްސަލާމް ވިދާޅުވެއްޖެއެވެ.
ނޫރުއްސަލާމް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު މިއަދު ވިދާޅުވީ 2018 ވަނަ އަހަރު ކާމިޔާބާ ހަމައަށް ވާސިލުވެވޭނީ ކޭލި ހަމަ، ވަޒަން ހަމަ، ފިކުރަކަށް ކަމަށެވެ. އަދި މިދެންނެވި ފަދައިން ސިޔާސީ ގޮތުން މަސައްކަތް ކުރެވޭ އެންމެ ވަރުގަދަ އެންމެ ޑިމޮކްރެޓިކް ޕްލެޓް ފޯމެއް މިވަގުތު އޮތީ ޖުމްހޫރީ ޕާޓީގަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ ރާއްޖޭގައި ކުރަންޖެހިފައިވާ އިޞްލާޙީ މަސައްކަތްތަކުގައި ވީހައި ގިނަ ތައުލީމީ ޒުވާނުންގެ ބައިވެރިވުމަށް ބޭނުންވެފައިވާތީ ކަމަށެވެ. ނޫރުއްސަލާމް ވަނީ އިސްލާހީ ހަރަކާތުގައި ވީހައި ގިނަ ތައުލީމީ ޒުވާނުން ބައިވެރިވުމަށް ގޮވާލައްވައިފައެވެ.
މިއަދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި އިތުރު 2 ވަކީލުންވެސް ވަނީ ހަމަ މިމޭރުމުން ވިދާޅުވެފައެވެ.