ސްޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ނުބައި މެސެޖެއް: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ސްޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ނުބައި މެސެޖެއް: ފައިޞަލް ނަސީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ނުވަތަ އަމަލު ނުކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ނަސީމް ވިދާޅުވީ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރިނަމަވެސް ސްޕްރީމް ކޯޓުން އަމުރެއް ނެރެފިނަމަ އެ އަމުރަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ޤަބޫލުނުކުރާ ހަމަ އެންމެ ދިވެހިރައްޔިތަކުވެސް ނުހުންނާނެ ކަމަށާއި ސްޕްރީމް ކޯޓުގެ އެއްވެސް އަމުރަކަށް އަމަލު ނުކުރުމުގެ ބާރު ލިބގެންވާ އެއްވެސް ފަރާތެއް ނުހުންނާނެކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ފައިޞަލް ނަސީމް ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރަށް އަމަލުކުރުން ލަސްކުރުމަކީ ކުރެވޭ ޤާނޫނީ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އަދި އެއީ ކަމާއިބެހޭ އިދާރާތަކުން ބަލައި ފިޔަވަޅު އަޅާނެ ކަމެއް ކަމަށެވެ.

ފައިޞަލް ނަސީމް ވިދާޅުވީ ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ހިމެނޭ ކަންކަމަކީ ވަރަށް ސާފުކޮށް އެނެގެން އޮތް ކަން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަން އެއީ އެންމެ ކުރިންސުރެ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ.
މިއަދު އޮންލައިން