މަޚްލޫފް، މުހައްމާ ވީމީޑިއާގެ 2 ނޫސްވެރިއަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މަޚްލޫފް، މުހައްމާ ވީމީޑިއާގެ 2 ނޫސްވެރިއަކު ހައްޔަރުކޮށްފި
ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފިޒުކުރުމަށް ގޮވާލައި މިރޭ ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޚްލޫފް އާއި އިހަވަންދޫ ދައިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ އާއި ވީމީޑިއާގެ 2 ނޫސްވެރިއަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

ސަރަހައްދުގައި ތިބި ނޫސްވެރިން ބުނަމުން ގެންދަނީ ފުލުހުން ބާރުގެ ބޭނުން ކުރަމުން ކަމަށާއި ޕެޕަރސްޕްރޭ ވެސް ޖަހަމުން ކަމަށެވެ.

އެމްޑީPީގެ ހަރުގެ ކުރިމައްޗަށް އެއްވި މީހުން ފޮނުވައިލުމަށްވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕަރ ގޭސް ޖަހާފައެވެ. ނޫސްވެރިން ބުނަނީ ބާރުގެ ބޭނުންކުރާއިރު އިސްކަންދެނީ ނޫސްވެރިން ތިބޭ ސަރަހައްދުތަކަށް ކަމަށާއި ބައެއް ޢާންމުންނަށް ވަނީ އަނިޔާވެސްވެފައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ސަރުކާރަށް ތާއީދުކޮށް ބައްދަލުވުންތައް ބައްވަން ފުލުހުން ފުރުޞަތުދީ ހިމާޔަތްވެސް ދޭ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ފުރުޞަތު ނުލިބޭ ކަމަށެވެ.
މިއަދު އޮންލައިން