އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ބާއްވަނީ ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށް ބާއްވާ "ވޯމްއަޕް" ކުރުމުގެ މުޒާހަރާއެއް ކަމަށާއި މާދަމާގެ މުޒާހަރާގައި ވީހައި ގިނަ ބައަކު ބައިވެރިވާން ގޮވާލައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް ވިދާޅުވީ މާދަމާ ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ކުރިން ވިސްނި ކަމަށާއި ނަމަވެސް ބައެއް ކަންކަން ހަމަ ނުޖެއްސިގެން ފަހުގެ ތާރީޚަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބޮޑު މުޒާހަރާ ބާއްވަން ހަމަޖެހުމުން އެކަން ފުލުހުންނާއި ހިއްސާކުރާނެ ކަމަށާއި ކޮންމެހެން އިންޓެލިޖެންސް ރިޕޯޓަކުން މައުލޫމާތު ހޯދަން ނުޖެހޭނެ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މާދަމާ ހަވީރު 5:00 ޖަހާއިރަށް ފުލުހަށް ހާޒިރުވާން މިއަދު ޗިޓެއް ދީފައި އޮތުމުން އޭނާއަށް އެ އެއްވުމުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށެވެ.