ސްޕްރީމް ކޯޓުގެ މިއަދުގެ އަމުރަކީ ފަނޑިޔާރުން އަމިއްލަފުޅަށް ނެރުއްވި އަމުރެއް ކަމަށް ޤަބޫލެއް ނުކުރަން: މަޚްލޫފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސްޕްރީމް ކޯޓުގެ މިއަދުގެ އަމުރަކީ ފަނޑިޔާރުން އަމިއްލަފުޅަށް ނެރުއްވި އަމުރެއް ކަމަށް ޤަބޫލެއް ނުކުރަން: މަޚްލޫފް
ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރަކީ ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި 3 ފަނޑިޔާރުން އަމިއްލަފުޅަށް ނެރުއްވި އަމުރެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް ވިދާޅުވީ މިހާރު ސްޕްރީމް ކޯޓުން ނެރޭ އަމުރުތަކުގައި ފަނޑިޔާރުންގެ ސޮއި ނުހުންނަ ކަމަށާއި އެއީ ވެސް ސުވާލު އުފެދޭ ސަބަބެއް ކަމަށެވެ.

މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރުވެސް ފުރަތަމަ ނެރުނީ ފަނޑިޔާރުންގެ ސޮޔާއި ނުލައެވެ. އެކަން ފާހަގަކޮށް ވާހަކަތައް ފެތުރުމުން ފަހުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސޮޔާއިއެކު ބަޔާން ހާމަކޮށްފައެވެ.

ސްޕްރީމް ކޯޓުތެރޭގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުން ގެންދާތީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ތިއްބަވަން ޖެހިވަޑައިގަންނަވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާތީ ބޭރުގެ ގިނަ ފަރާތްތަކަކުން ވެސް ގެންދަނީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މިނިވަންކަމާއިމެދު ސުވާލުތައް އުފައްދަމުންނެވެ.

ގުޅުންހުރި އަޑު:
މިއަދު އޮންލައިން