މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 41ސ
މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ދާދި ދެންމެއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަޙައްދުގައި މިރޭ ކުރަމުންގެންދާ އިޙުތިޖާޖު ރޫޅާލަމުން، ފުލުހުން މަޙްލޫފު ހައްޔަރު ކޮށްފައިވަނީ އެމްޑީޕީ ހަރުގޭގައި ހުންނަވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން އެމްޑީޕީ ހަރުގެ އޮފީސް ފަޅާލާފައި އެތެރެއަށް ވަދެ، އެތަނުގައި ހުރި ބައެއް މުދާތައް ހަލާކު ކޮށްލާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ހަރުގޭ ސައުންޑް ސިސްޓަމްއާއި ލައިޓުގައި ވެސް ފައިން ޖަހާ، ހަރުގޭ ސޮކެޓުތައް ހަލާކު ކޮށްލާ ކަރަންޓު ކަނޑާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.


މިއަދު އޮންލައިން