މަޚްލޫފްގެ މައްޗަށްވެސް ކުރާނެ ކަމަށް ބެލެވެނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު: ވަކީލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މަޚްލޫފްގެ މައްޗަށްވެސް ކުރާނެ ކަމަށް ބެލެވެނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު: ވަކީލުން
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު އަޙްމަދު މަޚްލޫފްގެ މައްޗަށްވެސް ކުރާނެ ކަމަށް ބެލެވެނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކަމަށް ޤާނޫނީ ވަކީލުން ބުނެފިއެވެ.

މަޚްލޫފް ހައްޔަރުކުރީ އާޓިފިޝަލް ބީޗް ސަރަހައްދަށް ރޭ އެއްވެ ތިބި މީހުންނަށް ޕެޕަރ ސްޕްރޭ އިން ސަލާމަތްވުމަށް ބޭނުންކުރަން ގޭސް މާސްކް ބެއްސެވުމަށްފަހު ވަޑައިގެން އެމްޑީޕީ ހަރުގެތެރޭގައި ހުންނަވަނިކޮށެވެ.

ހައްޔަރުކޮށްގެން ފުލުހުންގެ މަރުކަޒަށް ގެންދިއުމަށްފަހު ވަނީ ފުލުހުންގެ ލޯންޗެއްގައި ދޫނިދޫ ޖަލަށް ގެންގޮސް ބަންދުކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

މަޚްލޫފްގެ ވަކީލުންގެ ޓީމުގައި ހިމެނިވަދައިގަންނަވާ އަދި މިހާރު ބަންދުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވަކީލުންގެ ތެރޭގައި ހިމެނިވަދައިގަންނަވާ 2 ވަކީލުން ފުލުހުންގެ މަރުކަޒަށް ޙާޒިރުކޮށް ކުއްލި ނުރައްކަލުގެ ޙާލަތުގެދަށުން ވަނީ ފޯނު އަތުލައިފައެވެ.
މިއަދު އޮންލައިން