ޒަކަރިއްޔާ މަންސޫރު ބަންދެއް ނުކުރޭ- އެމްއެންޑީއެފް

ކިޔުމަށް ހޭދަވާނީ 55ސ
ޒަކަރިއްޔާ މަންސޫރު ބަންދެއް ނުކުރޭ- އެމްއެންޑީއެފް
ބްރިގޭޑިއާރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދޮގުކޮށްފިއެވެ.

އެޚަބަރު ދޮގު ކުރައްވަމުން އެމްއެންޑީއެފް ގެ މީޑިއާ ކޯޑިނޭޓާރ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ "އެމްއެންޑީއެފް އާއި ގުޅުވައިގެން ފަތުރަމުން ގެންދަނީ ހަގީގަތެއްނެތް ދޮގު ޚަބަރެއް" ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ މައިމަރުކަޒުގައި ބަންދުކޮށްފައިވާ ކަމަށް ބުނެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބްރިގޭޑިއާ ޖެނެރަލް މަންސޫރު ސިފައިންގެ މައިމަރުކަޒުގައި ބަންދު ކުރެވިފައިވާ ކަމަށާއި، ބްރިގޭޑިއާ ޖެނެރަލް މަންސޫރަކީ އެމަނިކުފާނުގެ ޙަޔާތުގައި ރާއްޖެއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވީ ހިނދު، އެފަދަ ބޭފުޅެއް ބަންދު ކުރުމުން ސިފައިންނާއި ފުލުހުން ރައީސް ޔާމީންގެ އަމުރަށް ތަބާވެގެން ތިބެންވީތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލަން ޖެހޭ ކަމަށެވެ.


މިއަދު އޮންލައިން