އެމްޕީ މަޙްލޫފު މިރޭ މާލެ ގެނެސްފައިވާކަން ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވެސް ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅޭގޮތުން އެމްޕީ މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޕީ މަޙްލޫފު މިރޭ 21:55 ގައި ވިލިމާލެ ފެރީ ޓަރމިނަލް އާއި ދިމާލުން މާލެ އަރުވައިފި ކަމަށެވެ.
އެމްޕީ މަޙްލޫފު މިހާރު ހުންނެވި ތަނެއް ހޯދާ ދެއްވުމަށް އެދި އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވެސް ވަނީ މިރޭ ޓްވީޓެއް ކޮށްފައެވެ.
ފުލުހުންގެ ޖިޕަށް އަރުވައިގެން އެމްޕީ މަޙްލޫފް ގެންގޮސްފައިވާއިރު، ގެންދިޔަ ތަނެއް އަދި އެނގިފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.