ޓަގުބޯޓެއް ބަންޑުން ޖަހާލައި ބިދޭސީއަކަށް އަނިޔާވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ޓަގުބޯޓެއް ބަންޑުން ޖަހާލައި ބިދޭސީއަކަށް އަނިޔާވެއްޖެ
ކ. ބޮލިފުށި އައިލެންޑް ކައިރިއަށް ޓަގުބޯޓެއް ބަންޑުން ޖަހާލައި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

"ލިއޯ ކޮމާންޑަރ" ނަމަކަށް ކިޔާ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މި ޓަގުބޯޓު ބަންޑުން ޖަހާލާފައިވަނީ ބާޖެއް ކަފުޖަހައިގެން ބޮލިފުށި ކައިރީ އޮތް ފަޅަކަށް ވަނުމުގެ ތެރޭގަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފް ބުނެފައިވަނީ މިހާދިސާގެ ރިޕޯރޓް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 15:00 ހާއިރުކަމަށެވެ.

މި ޓަގުބޯޓު ބަންޑުން ޖަހާލި ވަގުތު ބޯޓުގައި ހަތް މީހުން ތިއްބެވެ. އޭގެތެރޭގައި ހަތަރު ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ. މި ހަތް މީހުންގެތެރެއިން އަނިޔާވެގެން ބިދޭސީއެއް ވަނީ މާލެ ގެނެސްފައެވެ. ބާކީ ތިބި ހަ މީހުންވެސް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ޓަގުބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް، ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއި އެކު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.


މިއަދު އޮންލައިން