ކ.މާލެއިން ފުރައިގެން ރ.އިންނަމާދޫއަށް 7 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކ.ގާފަރުގެ ހުޅަނގުން ދޯންޏެއް ދިޔަވާކަމަށް މިއަދު މެންދުރުފަހު 12:23 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ކ.ގާފަރު ކައިރީގައި ދިޔަވީ މާލެއިން ފުރައިގެން ރ.އިންނަމާދޫއަށް ދަތުރުކުރަމުންދިޔަ 'ސިގްނަލް' ނަމަކަށް ކިޔާ 55 ފޫޓުގެ ދޯންޏެއްކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ. އާޒިމް މައުލޫމާތު ދެއްވި ގޮތުގައި، ދޯނި ދަތުރުކުރަމުން ދިޔައިރު ދޯނީގައި 6 ދިވެހިންނާއި ބިދޭސީއަކު ތިއްބެވެ.
އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެ ދޯންޏަށް އެހީ ފޯރުކޮށްދެމުންނެވެ.