މަހްލޫފްގެ ބަންދަށް 13 ދުވަސް ޖަހައިފި

ކިޔުމަށް ހޭދަވާނީ 34ސ
މަހްލޫފްގެ ބަންދަށް 13 ދުވަސް ޖަހައިފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ގެ ބަންދަށް 13 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރެވުނު މަހްލޫފްގެ ބަންދަށް 13 ދުވަސް ޖަހާފައިވަނީ، އޭނާގެ ބަންދާއިމެދު ގޮތެެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރު ކުރުމުންނެވެ.

މަހްލޫފް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރު ކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން ދޫނިދޫ ޖަލުވަނީ ފުރިފައެވެ.
މިއަދު އޮންލައިން