ބޮޑުތަކުރުފާނު މަގުގައި 450 ގަސް އިންދަނީ

ކިޔުމަށް ހޭދަވާނީ 1މ 1ސ
ބޮޑުތަކުރުފާނު މަގުގައި 450 ގަސް އިންދަނީ
ތާރު އަޅައިގެން ހަދާ ބޮޑު ތަކުރުފާނު މަގުގައި 450 އެއްހާ ގަސް އިންދަން ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް 450 އެއްހާ ގަސް އިންދަން ހަމަޖެހިފައިވާކަމަށެވެ. އަދި މިނިސްޓަރު ކުރެއްވި ޓްވީޓްގައި އެ މަގު ތަރައްޤީކުރާ ގޮތުގެ ނަމޫނާ ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ޗައިނާ-މޯލްޑިވްސް ފްރޭންޑްޝިޕް ބްރިޖާ ހަމައަށް ބޮޑު ތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅަން މި މަހުގެ ތެރޭގައި ފަށާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބްރިޒް ނިމެންވާއިރަށް އެ މަގު ހެދުމުގެ މަސައްކަތް ވެސް ނިމޭނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.




މިއަދު އޮންލައިން