މުޒާހަރާއަށް ނުކުމެތިބި ރައްޔިތުންނަށް ޕެޕަރސްޕްރޭއިން ސަލާމަތްވުމަށް މާސްކް ބެއްސެވި މައްސަލައިގައިކަމަށް ބުނެ ފުލުހުން ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން މަޚްލޫފްެ ޖަލު ބަންދަށް މިއަދު ވަނީ 5 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައެވެ.
މުއްދަތު އިތުރުކުރަން މަޚްލޫފް ކޯޓަށް ހާޒިރުކުރުމުން މިއަދުވެސް ގިނަ ބައަކު ވަނީ ކޯޓު ސަރަހައްދަށް އެއްވެ މަޚްލޫފް ވަގުތުން މިނިވަންކުރުމަށް ގޮވާލައިފައެވެ.
މަޚްލޫފްގެ ޤާނޫނީ ވަކީލުން ވިދާޅުވީ މުޒާހަރާކުރާ ބައަކަށް މާސްކް ބެހުމަކީ އެއްވެ އުޅުމުގެ ޤާނޫނުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.
Mask behi massala dho. Adhives bahaanan! Pepper spray jahanya gina ginain bahaanan. Ingijje!
— Nazu Naseem (@Nazunaseem) March 30, 2018