މަހުލޫފު މާފުށީ ޖަލަށް ބަދަލުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
މަހުލޫފު މާފުށީ ޖަލަށް ބަދަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

މަހުލޫފު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވާކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް ކުރި ޓްވީޓްގައި ބުނީ މަހުލޫފު މާފުށީ ޖަލަށް ބަދަލުކޮށްފައިވާކަން ދޫނިދޫ ޖަލުން އޭނާއަށް ގުޅާފައި އަންގައިފިކަމަށެވެ.

މަހުލޫފު މާފުށީ ޖަލަށް ބަދަލުކޮށްފައި މިވަނީ، މަހުލޫފު ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، ރިމާންޑް ނޫން ޖަލެއްކަމަށްވާ ދޫނިދޫ ޖަލުގައި ބަންދުގައި ބަހައްޓާފައިވާތީ، އޭނާގެ އާއިލާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މަހުލޫފުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ދައުވާއެވެ.



މިއަދު އޮންލައިން