ހއ. އިހަވަންދޫގެ ކުނިގޮނޑުގައޮ އަލިފާންގަނޑެއް ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަރން އޭރިއާ ހދ. ކުޅުދުއްފުށި ފަޔަރސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެ އެއަލިފާންގަނޑު ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަރން އޭރިއާ އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:00 ހާއިރުއެވެ. މިހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ނޮދަރން އޭރިއާ ކުޅުދުއްފުށި ސްޓޭޝަންގެ ފަޔަރމަނުން ވަނީ އެރަށަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.
ނޮދަރން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން މިއަލިފާންގަނޑު ނިއްވާލާފައިވަނީ މިރޭ 19:30 ގައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.